ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ 186 އަށް އަރައިޕި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ އަދާހަމަތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި 20 ކޭސް ފެނިފައިވެއެވެ. މިއާއެކު މިއަހަރު މިހާތަނަށް ފެނުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު 186 އަށް އުފުލިފައިވެއެވެ.
މިހާތަނަށް 12,000 މީހަކަށް ހިމަބިހީގެ ވެކްސިން ދެވިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ރޯގާ ޖެހުން، ކެއްސުން، ލޯ ރަތްވުމުގެ އިތުރުން ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ސިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
- ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން
ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، މީސްލްސް ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ