މަންޗިނީ އަށް އިޓަލީގެ ކޯޗުކަން، ޓެކްނިކަލް ޑިރެކްޓަރަކަށް ރަނިއޭރީ

ރޯމް (ޖުލައި 28) - ހުސްވެފައިވާ އިޓަލީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ރޮބާޓޯ މަންޗިނީ ހަމަޖައްސައި، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ)ގެ ޓެކްނިކަލް ޑިރެކްޓަރަކަށް ތަޖުރިބާކާރު ކޯޗު، ކްލައުޑިއޯ ރަނިއޭރީ އައްޔަނުކޮށްފި އެވެ. 
އިޓަލީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ، އަންދްރެއާ ޕިރްލޯ ގެންނަން ކުރި މަސައްކަތް ސިޔާސީ ޕްރެޝަރާ ހެދި ކާމިޔާބުނުވުމުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ މަގާމުތަކުން ޕައޮލޯ މަލްޑިނީ އާއި ލިއޮނާޑޯ އިސްތިއުފާދޭން ނިންމީ އެވެ. 
SIMDI Company Pvt Ltd
MU STORE
MGH Group of Companies
MU STORE
SIMDI Company Pvt Ltd
އޭގެ ފަހުން، ކޯޗަކަށް މަންޗިނީ ގެނެސް، ރަނިއޭރީއާ ހަވާލުކުރީ މަލްޑިނީ އާއި ލިއޮނާޑޯގެ ޒިންމާތަކެވެެ. 
މަންޗިނީ ވަނީ 2018 ވަަނަ އަހަރު އިޓަލީގެ ކޯޗުކަމާ ހަވާލުވެ، 2021 ވަނަ އަހަރު ބޭއްވި ޔޫރޯ 2020 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާނަށް ކުރިން ކޯޗުކޮށްދިން މަންޗިނީ، އިޓަލީ ދޫކޮށް 2023 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ކޯޗުކަމާ ބޮޑު މުސާރަ ލިބޭ ޑީލެއްގައި ހަވާލުވި އެވެ. އެކަމަކު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސައުދީ އަރަބިއްޔާ ކޯޗުކަން ދޫކޮށްލައި، ފަހުން އޭނާ ވަނީ ގަތަރުގެ އަލް ސާދަށް ކޯޗުކޮށްދީފަ އެވެ. 
އިޓަލީގެ ގައުމީ ޓީމުގެ ކޯޗަކަށް އަންދްރެއާ ޕިރްލޯ ގެންނަން ކުރި މަސައްކަތަށް ސަރުކާރުން ހުރަސްއެޅުމާ ގުޅިގެން، އެފްއައިޖީސީގެ މަގާމުތަކުން ޕައޮލޯ މަލްޑިނީ އާއި ލިއޮނާޑޯ އިސްތިއުފާދީފި. ޕިރްލޯއަށް ކޯޗުކަން ނުދޭން ނިންމީ އޭނާ ރަޝިއާގެ ބެޓިން ކުންފުންޏެއްގެ އެމްބަސަޑަރަކަށް ހުރުމުން ކުރިމަތިވި ސިޔާސީ ޕްރެޝަރުތަކާ ހެދި.
ޖެހިޖެހިގެން ތިން ވަަނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، މިދިޔަ އޭޕްރީލް މަހު އިޓަލީގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ އިސްތިއުފާދިނުމުން، އެ ޓީމުގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ ލީޑަޝިޕްގެ މަގާމުގައި ހުރި އެކި ފަރާތްތަކުން ވެސް ވަނީ އިސްތިއުފާދީފަ އެވެ. 
އެ ގޮތުން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގެވުމާ، ޖިއޮވާނީ މަލާގޯ ހަވާލުވެ، އޭނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރު ނޫނީ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަނަށް ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ ހަމަޖައްސައިފަ އެވެ. އަދި، ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ލިއޮނާޑޯ ވަނީ ގެނެސްފަ އެވެ. އެކަމަކު، ދިމާވި މައްސަލަތަކާ ހެދި މަލްޑިނީ އާއި ލިއޮނާޑޯ މަގާމާ ހަވާލުވިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން މި ވަނީ ވަކިވެފަ އެވެ. 
ޕިރްލޯ އަށް އިޓަލީ ކޯޗުކަން ނުދޭން ނިންމި އެންމެ ބޮޑު ސަބަބަކީ، ރަޝިއާގެ ބެޓިން ކުންފުންޏަކާ އެކު އޭނާގެ ޑީލެއް އޮތުމުން، އަންނަ ސިޔާސީ ޕްރެޝަރާ ހެދި އެވެ.  މަލްޑިނީ އަދި ލިއޮނާޑޯ ގުޅިގެން ކުރި މަސައްކަތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ، މެންޗެސްޓާ ސިޓީ ކޯޗުކަން 10 އަހަރަށް ފަހު ދޫކޮށްލި ސްޕެއިނުގެ ކޯޗު ޕެޕް ގާޑިއޯލާ ނޫނީ ބްރެޒިލްގައި ހުރި އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީ ގެންނާށެވެ. އެކަމަކު، އެކަން ކާމިޔާބުނުވެ، ދެން ޕިރްލޯ ގެންނަން މަސައްކަތް ފެށީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ