އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ބާތިލްކުރަން އެދި ހުށައެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން މިމައްސަލަ ބޭރުކޮށްލީ އަދަލާތު ޕާޓީގެ ފަރާތުން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރުނުވުމުންނެވެ.
ސިވިލް ކޯޓަށް ހުށައަޅާ މައްސަލަތަކުގައި ދައުވާ ކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ މައްސަލަ ބާތިލްކުރުމަކީ ސިވިލް ކޯޓަށް ލިބިގެންވާ ބާރެކެވެ. އަދި އެގޮތަށް މީގެ ކުރިންވެސް އަމަލުކޮށްފައި ވާއިރު, މިގޮތަށް ބޭރުކޮށްލާ މައްސަަލަތައް އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދީފައިވެ އެވެ.
އަދާލަތު ޕާޓީން ސިވިލް ކޯޓަށް ހުށައެޅި މައްސަލައަކީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާގައި ގާނޫނާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން އެޕާޓީ 69،000 ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން އިންތިޒާމު ކުރި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކުމާއި ގުޅިގެން ކަމަށް ބުނެ އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވުމުންނެވެ.
އަދާލަތު ޕާޓީ ޖޫރިމަނާ ކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ