މިނިވަން ދުވަހުގެ ޕެރޭޑު މާދަމާ ހަވީރު ހުޅުމާލޭގައި

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ އަސްކަރީ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މާދަމާ ހަވީރު 4:30 ގައި ފެށުމަށް ހަމަޖެހިފައިވާ ހިނގާލުމުގައި، އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެ ކަމަށެވެ.
މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ތަފާތު ކޯތަކާއި، ދިފާއީ ބާރުގެ އެކި ދާއިރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ.
ހިނގާލުމުގެ ތެރެއިން ދެ ސަރަހައްދަކަށް ޕެރޭޑް ހުއްޓުމަށްފަހު، އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުން ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ބޭންޑުގެ ކުޅުންތައް ދައްކައިލުމަށް ހަމަޖެހިފައި ވަނީ ސެންޓްރަލް ޕާކް ސަރަހައްދުން ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ޖަންކްޝަން އަދި ސިފްކޯ ފްލެޓް ކައިރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ