ޕީޕީއެމަކީ ރާއްޖޭގެ އެންމެ ޑިމޮކްރަޓިކް ޕާޓީކަން ސާބިތުވެއްޖެ: މައުމޫން

ހަމަނުޖެހުމަކާ ނުލައި އަމާންކަމާ އެކު ޕީޕީއެމް މަޖިލިސް ޕްރައިމަރީ ކުރިއަށް ގެންދެވުމުން ޕީޕީއެމަކީ ރާއްޖޭގައި އެންމެ ޓިމޮކްރަޓިކްކޮށް ހިންގާ ޕާޓީކަން ސާބިތުވެއްޖެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އެހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ މާލެ އާއި އަތޮޅުތަކުގައި ބޭއްވި 32 ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ހަމަނުޖެހުމަކާ ނުލައި އަމާންކަމާ އެކު ކުރިއަށް ގެންދެވުމުންނެވެ. ޕްރައިމަރީން ދެއްކި ނަމޫނާ އިން ރާއްޖޭގައި އެންމެ ޓިމޮކްރަޓިކް ޕާޓީއަކީ ޕީޕީއެމްކަން ހާމަވެގެން ހިނގައްޖެ ކަމަށް ރައީސް މައުމޫން ވިދާޅުވީ މިއަދު އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.Proud PPM conducted 32 smooth n successful primaries in past 2 days. We have shown PPM is the most democratically run party in Maldives! -M— Maumoon Abdul Gayoom (@maumoonagayoom) February 10, 2014
ރައީސް މައުމޫން އެމަނިކުފާނުގެ ޕާޓީ އަށް ތައުރީފުކުރައްވައި ޓުވީޓެއް ކުރެއްވި އިރު، ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޕާޓީ، އަދި މިހާރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީން މިދިޔަ މަހުގެ 24ގައި ބޭއްވި ޕްރައިމަރީގައި ހަމަނުޖެހުން ބޮޑުވެ، ވޯޓުފޮށިތަކާއި ވޯޓު ކަރުދާސްތައް އަންދާލި އެވެ. އެމްޑީޕީ ޕްރައިމަރީގައި "ހާޖާނު" ބޮޑުވެފައި ވަނިކޮށް އެ ޕާޓީން ބުނެފައި ވަނީ ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ބައެއް މެމްބަރުން، އެމްޑީޕީ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކުރަން ފޯމު ހުށަހަޅައި އެ ޕާޓީގެ ޕްރައިމަރީ "ހައިޖެކް" ކުރަން މަސައްކަތް ކުރި ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރާ 50 ދާއިރާގެ ތެރެއިން ޕްރައިމަރީ ބާއްވާފައި ވަނީ 32 ދާއިރާއެއްގަ އެވެ. ޕްރައިމަރީއަކާ ނުލައި މަޖިލިސް މެމްބަރުންނާއި މަޝްހޫރު ބައެއް ބޭފުޅުންނަށް ވަނީ 18 ދާއިރާއެއްގެ ޓިކެޓް ދީފަ އެވެ.
މަޖިލީގުގެ 85 ގޮނޑިއަށް އެމްޑީޕީން ވާދަ ކުރާ އިރު ޕްރައިމަރީއަކާ ނުލައި މަޖިލީހުގެ މިހާރު ތިއްބެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 11 މެމްބަރުންނަށް ވަނީ ޓިކެޓްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ