ފިރިމީހާ ބޭވަފާތެރިވެ، ކައިވެނީގެ ބޭރުން ހިލޭ އަންހެނަކާއެކު ލޯބީގެ ގުޅުމެއް ބޭއްވުމަކީ ނުވަތަ ފިރިމީހާ އެހެން އަންހެނަކާ ރައްޓެހިވެގެން އުޅުމަކީ އެކަމުގެ ސަބަބުން އަނބިމީހާ ދަންޖެހިގެން މަރުވާންޖެހޭ ސަބަބެއް ނޫންކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނެފިއެވެ.
އަންހެނަކު ދަންޖެހުނު މައްސަލައެއްގައި އެ އަންހެން މީހާގެ ފިރިމީހާގެ މައްޗަށް ދައުވާކޮށް ހުކުމް ކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާގުޅިގެން ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ، ފިރިޔަކު ހިލޭ އަންހެނަކު ކައިރިޔަށް ދިޔުމަކީ އެ ފިރިހެން މީހާގެ އަނބިމީހާ ދަންޖެހެން ޖެހޭ ސަބަބެއް ނޫންކަމަށްވާތީ އަނބިމީހާ ދަންޖެހިގެން މަރުވި މައްސަލައިގެ ކުށްވެރިޔަކީ ފިރިމީހާ ކަމަށް ކަނޑައެޅުމުގެ ޖާގައެއް ނެތްކަމަށެވެ.
ކޯޓުން އިތުރަށް ބުނީ ފިރިމީހާ ބޭވަފާތެރިވުމަކީ އޭނާ ކައިވެނީގެ އިޤުރާރަށް ކަމޭނުހިތުން ކަމަށާއި އެހެންކަމުން އެފަދަ ފިރިން ކުރެން ވަރިވުމުގެ އިޚުތިޔާރު އަނބިންނަށް ލިބިދީފައި އޮންނަކަމަށެވެ.
ފިރިމީހާ ބޭވަފާތެރިވުމަކީ އަނބިމީހާ ދަންޖެހެން ޖެހޭ ސަބަބެއް ނޫން - އިންޑިޔާގެ ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ