މިދިޔަ އަށް އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ހޭދަކުރުމަށްފަހު، ހަސަން ނާއިޒް (ދާދު) ވިކްޓްރީ ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ވިކްޓްރީ އިން ކުރަމުން އަންނައިރު، މީގެ ކުރިން އެ ޓީމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ސޮއިވެސް ހޯދައިފައެވެ. ނާއިޒް އަކީ އެ ޓީމާ އަންނަ ސީޒަނުގައި ގުޅޭނެކަން އިއުލާންކުރި ދެވަނަ ކުޅުންތެރިޔާއެވެ.
ޓީސީ ސްޕޯޓްސް ކުލަބުން ކެރިޔަރު ފެށި ނާއިޒް އެންމެ ފުރަތަމަ ފެނިގެންދިޔައީ 2014 ވަނަ އަހަރު ޓީސީން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޓީމުންނެވެ. އެ ފަހަރުގެ މުބާރާތުގައި ނާއިޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.
ނާއިޒް ވަނީ ޓީސީއާއެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް ކަމާލް ކަޕް ކާމިޔާބުކޮށްފައެވެ. އެ ފަހުން 2018 ވަނަ އަހަރު ނާއިޒް ވަނީ މާޒިޔާއާ ގުޅިފަ އެވެ. އަދި 2018 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެ މުބާރާތުގައި ވެސް ނާއިޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މާޒިޔާއާއެކު ނާއިޒް ވަނީ ވިދިވިދިގެން ފަސް ފަހަރު ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެފްއޭ ކަޕް އަދި ގައުމީ މުބާރާތް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
މާޒިޔާ ދޫކޮށް ނާއިޒް ވިކްޓްރީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ