ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކޮށްފި އެވެ.
މީގެ ދެ އަހަރު ކުރިން އޭޕްރީލް 15، 2024 ވަނަ ދުވަހު ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް އައްޔަންކުރި މަހީރާ އެ މަގާމުން ވަކިކޮށްފައިވާ ކަން ޔަގީން ކުރެވިފައިވީ ނަމަވެސް އޭގެ ސަބަބެއް ސާފެއް ނޫނެވެ.
ޓްރައިބިއުނަލްގެ ވެބްސައިޓުން ވެސް އޭނާގެ މައުލޫމާތު މިހާރު ވަނީ ނަގައިފަ އެވެ.
ޓްރައިބިއުނަލްގެ ނައިބު ރައީސް މަހީރާ މަގާމުން ވަކިކޮށްފައިމިވަނީ އެ ތަނުގެ ރައީސް ކަމަށް އަމްޖަދު މުސްތަފާ އައްޔަން ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ރައީސް ކަމަށް އަމްޖަދު އައްޔަންކުރިއިރު އެ މަގާމުގައި ކުރިން ހުންނެވި އިސްހާގު ހުސައިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އާއި މަހީރާ މަގާމަށް އައްޔަންކުރީ އެއް ދުވަހެއްގަ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ