ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެދުވެރިކޮށް މާލެ، ހުޅުލެ، އަދި ހުޅުމާލެއަށް އެއްވިއުގައަކުން ކަރަންޓް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެ، ހުޅުލެ، އަދި ހުޅުމާލެއަށް އެއްވިއުގައަކުން ކަރަންޓް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާއިރު، އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ކަމަށެވެ.
މިނިސްޓްރީގެ އިއުލާނުގައި ވަނީ، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފަރާތްތަކަކީ މިފަދަ މަޝްރޫއެއް ހިންގުމަށް ބޭނުންވާ މާލީ ޤާބިލުކަންހުރި ފަރާތަކަށް ވާންޖެހޭނެކަމަށް ބުނެފައެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަކީ، ހައި ވޯލްޓޭޖް އިލެކްޓްރިކް ނެޓްވޯކް އެޅުމާއި، ސަބްސްޓޭޝަން ބެހެއްޓުމާއި މިފަދަ މަސައްކަތައް ބެނުންވާ ޕްރޮކިއުމަންޓް މަސައްކަތް ކޮށްފައިވާ ފަރާތަކަށްވާން ޖެހޭކަމަށް އެ އިއުލާނުގައި ވެއެވެ. އަދި މަޝްރޫއަށް ބޭނުންވާ ފަންޑު ހޯދުމުގެ ގާބިލުކަން ސާބިތުކޮށްދޭންވެސް ޖެހޭނެއެވެ.
އެހެންކަމުން މި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ހައުސިން މިނިސްޓްރީއަށެވެ.
ބްރިޖް މެދުވެރިކޮށް މާލެ، ހުޅުލެ، އަދި ހުޅުމާލެއަށް ކަރަންޓް ދޭނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ