އޭސީސީ އަށް ހާޒިރު ވެވޭނެ ދުވަސް މައުމޫން އަންގައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރާ މައްސަލައެއްގައި ސުވާލުކުރަން ބޭނުންވާތީ އެކަމަށް ޓަކައި އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަންނަވާނެ ތާރީހެއް މިއަދު އެ ކޮމިޝަނަށް އެމަނިކުފާނު އަންގަވައިފި އެވެ. އެހެން ނަމަވެސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ އެ މައްސަލައިގައި ކަންތައްތަކެއް ސާފު ކުރުމަށް ބޭނުންވާތީ އޭސީސީ އިން މައުމޫންގެ އަރިހަށް ދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް މައުމޫން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެން ކުރާ ތަހުގީގަކަށް ބަޔާން ނެގުމަށް އެ ކޮމިޝަނުން ބޭނުން ވާތީ އެކަމަށް ރަނގަޅުވާނި އެ ކޮމިޝަނަށް އެމަނިކުފާނު ވަޑައިގަތުން ކަމަށެވެ. އެހެންކަމުން މި ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހުގެ މެންދުރު 1:00 ގައި އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގެންނެވިދާނެ ކަމަށް ސިޓީގައިވެ އެވެ.
މައުމޫން ވިދާޅުވީ އޭސީސީ އަށް ހާޒިރުވާއިރު އެމަނިކުފާނާއިއެކު ގާނޫނީ ވަކީލް މައުމޫން ހަމީދުވެސް ބައިވެރިވެވަޑާއިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ