ގާސިމް މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އިބްރާހިމްގެ މައްޗަށް ދަައުވާކުރާ ތިން މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައި މިއަދު ގާސިމް އިބްރާހިމަށް ޗިޓް ފޮނުވައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކުރާ މައްސަލަޔާ ގުޅިގެން ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހެނދުނު 10:00ގަ އެވެ.
އެ މައްސަލަ މިދިޔަ އާދިއްތަދުވަހު ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމަށްފަހު އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އާދީއްތަދުވަހުގެ ރޭ ބާއްވަން އުޅުނު ޝަރީއަތަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ހާޒިރު ނުވުމުންވަނީ މައްސަލަ ބޭރުކޮށްލާފައެވެ.
ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުން ވަނީ މިއަދު އަލުން ކޯޓަށް ހުށަހަޅާފައެވެ. އަދި މައްސަލައިގެ ޝަރީއަތް މާދަމާ އަށް ވަނީ ތާވަލް ކުރެވިފައެވެ.
ގާސިމްގެ މައްސަތަކުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާ ދެކޮޅަށް ކުރާ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މާދަމާ ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ