ޓެކްސަސްގައި ފެންބޮޑުވެ ގެއްލުންތައް ލިބުމުން، ޓްރަމްޕަށް ރައީސް މުއިއްޒުގެ ހަމްދަރުދީގެ މެސެޖެއް

އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީހުން ސަލާމަތް ކުރުމަށާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެން، މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް، އަވަސް ފުރުސަތެއްގައި ކުރީގެ ދިރިއުޅުން އިއާދަކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ފޮނުއްވި މެސެޖުގައިވެއެވެ. https://sun.mv/208213 އެމެރިކާގެ ޓެކްސަސްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެ ސްޓޭޓުގެ 15 ކުޑަކުދިން ހިމެނޭހެން 43 މީހުން މަރުވަނީ މަރުވެފައެވެ. އޭ ހާދިސާގައި އެތައް ބަޔަކު ގެއްލިފައި ވެސް ވާއިރު، މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް 850 މީހުން ވަނީ ސަލާމަތްކޮށްފައެވެ. ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި، އެ ސަރަހައްދުގެ އަންހެން ކުދިންގެ ސްކޫލަކުން ކޭމްޕިންއަށް ގޮސް އުޅުނު ދަރިވަރުންތަކެއް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ