ގާސިމް ގޭ ބަންދަށް ބަދަލުކުރަން ކަރެކްޝަނުން ނިންމައިފި

އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯދަވަމުން ގެންދަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ނިންމަވައިފިއެވެ.
ރޭ ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ނިންމައި ކަރެކްޝަނުން ގާސިމްގެ އާއިލާ އާއި ވަނީ ލިޔުން ހަވާލުކޮށްފައެވެ. ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އޮންނެވި ނަމަވެސް އެމަނިކުފާނާ މެދު އަމަލުކުރަމުން ގެންދަވަނީ ގޭގައި ހުންނަވާ މީހަކާ މެދު އަމަލުކުރާ ގޮތަށް ކަމަށްވެސް ގާސިމްގެ އާއިލާއަށް ކަރެކްޝަނުން ވަނީ އަނގަވާފައެވެ.
ގާސިމް ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދަވަމުން ގެންދަވާތީ ހެދެން ނެތް ޓެސްޓްތައް ހެދުމަށް ގާސިމް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފައިވި ނަމަވެސް
ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅޭ ހުކުމް އިއްޔެ ބަންޑާރަނައިބުގެ އޮފީހުން ވަނީ އިސްތިއުނާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ