އިންސާނީ ހައްޤުތަކާއި ޤާނޫނަށް އިހްތިރާމް ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

ދުނިޔޭގެ ޑިކޮމްރަސީދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އިންސާނީ ހައްޤުތަކާއި ޤާނޫނީ ހުކޫމަތަށް އިހްތިރާމް ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިިއެވެ.
ރައީސް މައުމޫނު މިމޭރުމުން ވިދާޅުވީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވިޓެއްގައެވެ.Happy international day of democracy! Let us work to strengthen our democratic institutions with respect for human rights and rule of law.— Maumoon Abdul Gayoom (@maumoonagayoom) September 15, 2017ރައީސް މައުމޫނު ވިދާޅުވީ ޑިމޮކްރެޓިކް އިންސްޓިޓިއުޓްތައް އިންހާނީ ހައްޤާއި ގާނޫނީ ހުކޫމަތަށް އިހްތިރާމް ކުރުމާއި އެކު ހަރުދަނާ ކުރަން ޖެހޭ ކަމުގައެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވިއިރު ކުނޫޒުގައި ރޭ ބޭއްވި އިދިކޮޅު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގައިވެސް ޑިމޮކްރަސީ ދުވަސް ފާގަހަ ކުރާއިރު ރާއްޖޭގައި މިހާރު ޑިމޮކްރަސީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމުގައެވެ.
ޑިމޮކްރަސީ މަޖިލީހާއި ޝަރުއީ ނިޒާމު މިނިވަން ކަމަމާއި އެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާރު މި ދެ ބާރު އޮތީހައިޖެކް ކޮށްފައިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫނުވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތައް ކާމިޔާބު ވަމުންދާ މަންޒަރު ފެންނަމުން ދާކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ހެތްކަކީ ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން މޮޔަ ކަންކަން ކުރަމުން ގެންދިއުންކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އެގޮތުން އިސްލާހީ މަސައްކަތަށް ނިކުތް 54 ވަކީލަކު ސަސްޕެންޑް ކުރުމަކީ ކޮށްފައިވާ މޮޔަކަމެއް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިކަލުން ފާރިޝް މައުމޫނަށް ކޮށްފައިވަނީ ބާތިލް ދައުވާއެއްކަމަށާއި ރައީސް ނަޝީދާއި ޤާސިން އިބްރާހިމްގެ މައްޗަށް ހުކުމްކޮށްފައިވަނީ އުސޫލާއި ހިލާފަށް ކަމަށާއި ކާނަލް ނާޒިމްއާއި ޝައިޚް އިމްރާނަށްވެސް ހުކުމް ކޮށްފައިވަނީ ނުކުރާ ކުށަކަށްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދި ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތަ ފަހުން ސަރުކާރުން ދިން ދިހަ ދުވަހުގެ މުއްދަތަކީ ފެންބިވައި ގެންފައިވާ މީހަކަށް ބޮޑުތައްޓަކަށް ފެން އެޅުމަށްފަހު ތިއްކަކުން ތިއްކަން ފެން ދިނުންފަދަ ކަމެއްކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ