މާލޭގެ ބޮޑު ބަޔަކުން މީގެ އިރުކޮޅެއް ކުރިން ކަރަންޓު ކެނޑިއްޖެ އެވެ.
މީގެ ބައި ގަޑިއެއްހާއިރު ކުރިން ކަރަންޓު ކެނޑުމާ އެކު ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ކަރަންޓު ދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކަރަންޓު ކެނޑެން ދިމާވީ ކީއްވެގެން ކަމެއް ސްޓެލްކޯއިން ނުބުނެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި ވާތީ މައްސަލަ ހައްލުކުރުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ