ގާސިމް އިބްރާހީމް ހޮސްޕިޓަލުން ދޫކޮށްލައިފި

ސީއްޙީ ހާލުކޮޅު ދެރަވެގެން އެޑީކޭ ހޮޕިޓަލުގައި އެޑިމިޓްކޮށް ފަރުވާ ދެމުން ދިޔަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ހޮސްޕިޓަލުން ގާސިމް ދޫކޮށްލާފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.
ޖުމްހޫރީ ޕާޓީގެ ސެކްތްރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވެފައި ވަނީ ގާސިމްގެ ބަލިހާލުކޮޅަށް ބަދަލެއް ނާންނަ ކަމަށާއި އިތުރު ފަރުވާތަކަށް ދެވޭނީ ހަދަންޖެހޭ ހިތުގެ ޓެސްޓުތަކެއް ހެދުމަށް ފަހު ކަމަށެވެ.
 ސަމީރު ވިދާޅުވީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެމްއާރްއައި ޓެސްޓް ހައްދަވާފައިވާ ކަމަށާއި، ގާސިމްގެ ހާލުކޮޅު ރަގަޅުވާނީ އިތުރުފަރުވާ ދިނުމަށް ބޭރަށް ގޮސްގެން ކަމަށެވެ.
 ސަމީރު ވިދާޅުވީ، ގާސިމްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ސަބަބުން އިތުރުފަރުވާ ނުދެވޭ ކޮންމެ ކޮންމެ ދުވަހު، ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވުމުގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން ކަމަށެވެ. މިއީ ރައްޔިތުންނަށް އިހްސާންތެރިކަމެއް ނެތް ސަރުކާރެއް ކަމަށް ސަމީރު ވިދާޅުވި އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ