ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފި އެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ގާސިމްގެ މައްޗަށް ރިޝްވަތުގެ ދިން ކަމުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އައިޖީއެމްއެޗު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮއްވަ ޣައިރު ހާޒިރުގައި އެވެ. އެ ހުކުމާއި އެކު ގާސިމްގެ ޕާސްޕޯޓު ދޫކޮށްލައި، ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.
ކަރެކްޝަންސްއިން މިރޭ ހުއްދަ ދީފައިވަނީ ގާސިމްއަށް ދޭންޖެހޭ އިތުރު ފަރުވާއަށް 10 ދުވަހަށް ސިންގަޕޫރަށް ގެންދިއުމަށެވެ.
ގާސިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ