މުއިއްޒު ވެރިކަމަށް އައުމަށް ފަހުވެސް ފަސްޓް ލޭޑީއަށް ވުމަކުން ފުޑު އެންޑް ޑްރަގް އޮތޯރިޓީއާ ދުރަށް ދާކަށް ސާޖިދާ ވެސް ބޭނުމެއް ނުވިއެވެ. ގާނޫނާއި ހިލާފް ނޯޕޭ ލީވެއް ހޯދައިގެން ސަރުކާރުން އިނާޔަތް ލިބޭގޮތަށް ކޮންޓްރެކްޓް އުސޫލުން ފުޑް އެންޑް ދްރަގް އޮތޯރިޓީގެ މައްޗަށް ސާޖިދާ ސަވަރުކޮށްފައި އެބައިންދަނީ ވަޒީފާދެކެ ސާޖިދާ ވާ ލޯތްބަކުންނޫނެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެރިކަމުގައި ސާޖިދާ ބަހައްޓައިގެން މުއިއްޒު މައިގަނޑު ކުރަމުން އަންނަނީ ދެކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއްކަމަކީ މެޑިކަލް މާފިޔާ ފުޅާކޮށް ރާއްޖެއަށް އެތެރެކުރެވޭ ބޭހަކީ މުއިއްޒަށް ބައިއަޅާގޮތަށް އެތެރެކުރެވޭ އެއްޗަކަށް ހެދުމެވެ. ދެވަނަ ކަމަކީ ރާއްޖޭގެ ރަށްތަށުން އައިޖީއެމްއެޗަށް އަންނަ ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކުން ދިމްޔާތު ގެސްޓްހައުސް އަބަދުވެސް ފުރާލާފައި ބޭއްވުމެވެ. ދެ ގޮތުންވެސް މުއިއްޒުގެ ދެމަފިރިންނަށް ބޭނުންވަނީ ބޯކޮށް ފައިސާ ވަދެވަދެ ހުރުމެވެ.
މުއިއްޒު ވެރިކަމަށް އައުމުގެ ކުރީން އާއްމުކޮށް ބޭނުންވާ ބޭސްތައް ފަސޭހަކަމާއެކު ރާއްޖޭން ލިބެން ހުރެއެވެ. އާސަންދައިން ނުލިބޭ ބޭސްތައްވެސް ބާޒާރުން ގަންނަން ލިބޭކަށް ދައްޗެއް ނޫނެވެ. މުއިއްޒަށް ބައިއަޅައިގެން ބޭސް އެތެރެކުރަން ޖެހުނު ހިސާބުން ބޭހަށް މިއޮތީ ޖެހެފައެވެ. މިހާރަކު ސާޖިދާއަށް ބައި ނާޅާ ފަސޭހަ ރަހުމަތެއްގައި ފުޑް އެންޑް ޑްރަގު އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ބޭހެއް ނުގެނެވޭ ކަމަށް ބޭސް އެތެރެކުރާ މީހުން ކިޔައެވެ.
އަނެއްކޮޅުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 20 ގަވާއިދުގެ ތެރެއިން 16 ގަވައިދެއް ދެ އަހަރުވެގެން ދިޔައިރުވެސް ނުހަދައެވެ. އެކަން އެހެން އޮތްއިރު ރަށްރަށުގެ ގިނަ ދަނޑުބިންތަކާއި ފެންފަށަލަ ވަނީ ކެމިކަލް ބޭސް ބޭނުންކުރުމުގެ ސަބަބުން ވިހަވެފައެވެ. ގަވާއިދު ތައް ނުހަދާ ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވުމުގެ ސަބަބުން މާރުކޭޓުގައި ވިއްކާ ފައްކޭލާ އެނޫންވެސް ތަރުކާރީއާއި މޭވާގެ ބާވަތްތައް ވިހަ ކެމިކަލް ބޭނުންކޮށްގެން ގަދަކަމުން ދޮންކޮށްގެން ވިއްކުމެއް ނުހުއްޓެވެއެވެ. ކެންސަރުބަލި ގިނަވެ އާންމު ސިއްހަތައް ވަނީ ނުރައްކާވެފައެވެ.
ޒާތް ޒާތުގެ ބަލިމީހުން ގިނަވީ ވަރަކަށް ރަށްރަށުން މާލެ އައިސް އައިޖީއެމްއެޗަށް ދައްކަން މާލޭގައި މަޑުކުރަން މަޖުބޫރުވެއެވެ. އައިޖީއެމްއެޗްގެ ކިއުދިގުވެ އެޕޮއިންޓްމަންޓު ލަސްވީވަރަކަށް މަންފާ ކުރަނީ ދިމްޔާތު ގެސްޓު ހައުސް އަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވެ ބަލިމީހުން ގިނަވެ އެޕޮއިންޓްމަންޓްގެ ކިޔުދިގުވީ ވަރަކަށް ރަނގަޅުވަނީ ދިމްޔާތު ގެސްތް ހައުސްގެ މާކެޓެވެ. ގަވައިދުތައް ނުހަދާ ފޫދް އެންޑް ޑްރަގް އޮތޯރިޓީއަށް ސާޖިދާ ސަވާރުވެ އިންނަނީ އެހެން ކޮންކަމަކާ ހެއްޔެވެ.
ގަވައިދުތައް ނުހަދާ ސާޖިދާ ލައްވާ ފުޅާކުރަނީ ދިމްޔާތު ވިޔަފާރި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ