ރޭދަންވަރު 3:45 ހާއިރު ކުޅުދުއްފުށީގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި އެމްޑީޕީގެ އެކްޓިވިސްޓް އަދި ކުޅުދުއްފުށީ ދެކުނުދާއިރާގެ ސެކްރެޓެރީ އަހުމަދު އިބުރާހިމަކީ މިޕާޓީ އަށްޓަކާ ނުހަނު މަތިވެރި ގުރުބާންތަކެއް ވެވަޑައިގެންފައިވާ ޒުވާނެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އަހުމަދުއިބްރާހީމް އަކީ ހީވާގި ކަމާއެކު ޕާޓީ ކުރިއެރުވުމަށްޓަކާ ތަފާތު ރޮނގުތަކުގައި ނުހަނު ހިއްވަރާއެކު މިހާތަނަށް މަސައްކަތް ކުރެއްވި އެކްޓވިސްޓެއްކަން އެ ޕާޓީން ފާހަގަކުރާ ކަމަށެވެ.
"ރޭދަންވަރު 3:55 ހާއިރު ކުޅުދުއްފުށީގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އެމްޑީޕީގެ އެކްޓިވިސްޓް އަދިކުޅުދުއްފުށީ ދެކުނުދާއިރާގެ ސެކްރެޓެރީ އަހުމަދު އިބުރާހިމް އަވަހާރަވި ހިތާމަވެރި ހާދިސާއާއި ގުޅިގެން މިޕާޓިގެފަރާތުން މަރުޙުމް އަޙުމަދު އިބުރާހީމްއާއި ޢާއިލާ އަށް ތަޢުޒިޔާ ރައްދުކުރަމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނީ ދިވެހިގައުމަށް ގެއްލިގެން ދިޔަ އަގުބޮޑު ޒުވާނާ އަހުމަދު އިބްރާހީމް އަވަހާރަވި ހިތާމަވެރި ޚަބަކީ މުޅިއެމްޑީޕީ ސިއްސުވާލި ޚަބަރެއް ކަމަށާއި އެމްޑީޕީގެ އެންމެހައިވެރިންނާ އެންމެހާ މެންބަރުންގެ ނަމުގައި އެމަރުޙޫމު ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަށް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ.
ރޭ 3:45 ހާއިރު ކުޅުދުއްފުށީ ނަމޫނާ ހިނގުމުން އިރަށް ދުއްވާފައިދިޔަ ސައިކަލެއް ”ފެހިވިނަ” ގޭ ފާރުގައި ޖެހި ހިނގި މިއެކްސިޑެންޓްގައި ނިޔާވެފައިވަނީ ސައިކަލްގެ ފަހަތުގައި އިން ކުޅުދުއްފުށީ ދިއްތުނޑި އަޙްމަދު އިބްރާޙިމް (21 އަހަރު) އެވެ. ސައިކަލް ދުއްވަން އިން ކުޅުދުއްފުށީ ފޭރުގަސްދޮށުގޭ އާދަމް ސިނާން (18 އަހަރު) އެވެ. ސިނާހް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭނާ އޮތީ ކޯމާއެއްގައެވެ.
ރޭ ހިނގި މި އެކްސިޑެންޓްގައި ދެމީހުންގެ ބޯފަޅައިގެން ގޮސް، ކަންފަތުންނާއި ނޭފަތުންވެސް ގިނަ ޢަދަދަކަށް ލޭ އައިސްފައިވެ އެވެ. މި އެކްސިޑެންޓްގެ މަޢުލޫމާތު ޢާއްމު ފަރާތަކުން ފުލުހުންނަށް ދިނުމާއި ގުޅިގެން ހަމަ އެވަގުތު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެކަކު އޮތީ ސައިކަލުގެ ދަށުގައި ކަމަށާއި އޭރު އަނެކަކު އޮތީ ސައިކަލާއި 14 ވަރަކަށް ފޫޓު ދުރުގައެވެ. އަދި އޭރު އެދެމީހުންވެސް ތިބީ ހޭނެތިފައި ކަމަށް ފުލުހުން ބުނެއެވެ. މަޢުލޫމާތު ލިބޭގޮތުގައި އަޙްމަދު އިބްރާޙީމް ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަފަހުންނެވެ.
އަހުމަދު އިބުރާހީމަކީ ނުހަނު މަތިވެރި ގުރުބާންތަކެއް ވެވަޑައިގެންފައިވާ އެކްޓިވިސްޓެއް – އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ