ސިއްހީ ދާއިރާގެ ދެ ކައުންސިލަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިއްހީ ޚިދުމަތްތެރިންގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ދެ ކައުންސިލެއްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ އަލުން ފުރުސަތު ހުުޅުވާލައިފި އެވެ.
ހެލްތް މިނިސްޓްރީން ދެވަނަ ފަހަރަށް މިއަދު ފުރުސަތު ހުޅުވާލާފައި ވަނީ ސިއްހީ ޚިދުމަތްތެރިންގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލާއި ނާސިން އެންޑް މިޑްވައިފަރީ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށެވެ.
އެލައިޑް ހެލްތް ކައުންސިލަށް ހޯދަން އިއުލާންކޮށްފައި ވަނީ ގާނޫނީ ދާއިރާގެ މީހަކާއި އެލައިޑް ހެލްތް ފްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ މީހެކެވެ.
އެ ދެ ކައުންސިލަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ހަމަވާނެ އެވެ.
ނާސިން އެންޑް މިޑްވައިފް ކައުންސިލަށް ހޯދަނީ ގާނޫނީ ދާއިރާގެ މީހަކާއި ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ނަރުހަކާއި ނާސިން ނުވަތަ މިޑްވައިފް ނޫން ސިއްހީ އެހެން ދާއިރާއެއްގެ ފަންނީ މަސައްކަތްތެރިއަކު ހޯދުމަށެވެ.
އެލައިޑް ހެލްތް ކައުންސިލަކީ މެޑިކަލް އަދި ޑެންޓަލް ދާއިރާ އާއި ނަރުހުންނާއި މިޑްވައިފުން ފިޔަވައި ސިއްހީ އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި އެ ފަރާތްތަކުގެ ކަންކަން ބަލަހައްޓައި، ރެގިއުލޭޓް ކުރާ ކައުންސިލެވެ.
ނާސިން އެންޑް މިޑްވައިފް ކައުންސިލަކީ ނަރުސް ކަމުގެ ހުއްދަ ދިނުމާއި އެ ފަރާތްތަކުގެ ހުރިހާ ކަމެއް ބަލަހައްޓައި، ރެގިއުލޭޓް ކުރާ ކައުންސިލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ