ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާތައް ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.
މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ނިލަންދޫ ސްކޫލުން ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށް ބުނެ އިއްޔެ ހެނދުނު ގއ.ނިލަންދޫ ޕޮލިސް ޑެސްކަށް ހުށައެޅުނު މައްސަލައާއި ގުޅިގެން ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނާއި, ނިލަންދޫ ޕޮލިސް ޑެސްކުން ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުންނަށް ހުށައެޅުމާއި ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ނިލަންދޫ ސްކޫލުން ވަގަށް ނަގާފައިވާ 199،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ހޯދާފައެވެ.
މިފައިސާތައް ފެނިފައިވަނީ ގއ. ނިލަންދޫ ވަލުތެރޭގައި ހުރި މަގޫގަހެއްގެ ބުޑުގައި ވަޅުލާފައިވަނިކޮށެވެ.
މި މައްސަލަ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނިލަންދޫ ސްކޫލްގެ ތިޖޫރީ ފަޅާލައިގެން ނެގި ފައިސާ ހޯދާ, ދެމީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ