ޝަހީދު އާދަމް ހަލީމްގެ ހަނދާނީގުރުއާން މުބާރާތުގެ ކިޔެވުން ނިމިއްޖެ

ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ހިންގަވާ ފައިސަލް ފައުންޑޭޝަނުން އިންރިޒާމު ކޮށްގެން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ބާއްވަމުން އަންނަ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ކިޔެވުން ނިންމައިފިއެވެ.
ޝަހީދު ޕޮލިސް ސާރޖަންޓް އާދަމް ހަލީމްގެ ހަނދާނީގުރުއާން މުބާރާތުގެ ނަމުގައި ބާއްވާ މި މުބާރާތުގައި މި އަހަރު 203 ބައިވެރިން ވާދަކުރެއެވެ. އެއީ ކާށިދޫގެ 84 ދަރިވަރަކާއި ކާށިދޫގެ 119 ދަރިވަރެކެވެ.
މާލެ އަތޮޅު ކާށިދޫ އަދި ގާފަރުގައި ކުރިއަށް ގެންދިއަ މި މުބާރާތުގައި އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ ކާށިދޫ ދަރިވަރުންގެ ކިޔެވުމެވެ.
މިއަދުގެ ދަންފަޅިތަކުގައި ކިޔެވީ ގާފަރުގެ ބައިވެރިންނެވެ. މިއީ މެދުކެނޑުމެއްނެތި ފައިސަލް ފައުންޑޭޝަނުން މި މުބާރާތް ކުރިއަށް ގެންދާ 6 ވަނަ އަހަރެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދީނީ ކަންކަމަށް ކުޑަކުދިންނާއި ބޮޑެތި މީހުން އަހުލުވެރިކުރުމާއި، ގުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ކުރިއެރުވުން ކަމަށް ފައިޞަލް ފައުންޑޭޝަނުން ބުނެއެވެ.
މި މުބާރާތުގެ ބައިވެރިން ކިޔަވާ އުމުރުފުރާތަކަކީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11އަހަރުން ދަށް، 13އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް، އަދި އަހަރުން މަތި އެވެ.
މި މުބާރާތުގެ އެއްވަނައަށް ދާ ބައިވެރިޔަކަށް ފައިސަލް ފައުންޑޭޝަންގެ ފައުންޑަރ ފައިސަލް ނަސީމް ހުށަހަޅުއްވާފައި ވަނީ އުމްރާ ދަތުރެކެވެ. މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް ހަމަޖެހިފައިވަނީ ރޯދަމަހަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ