ރައީސް މައުމުނަކީ ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތު ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް މަރުހަބާ ކިޔާކަމަށާއި އަދި ރާއްޖެދުށް އެންމެ ވަރުގަދަ އެއް ސިޔާސީ ޝަހުސިއްޔަތަކީ އަބުދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުކަމަށެވެ. ނަމަވެސް ރައީސް މައުމޫން މިއަދު ހުންނެވީ އެމަނިކްފާނަށްވުރެ ކުރީގައިކަމަށް އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައީސް މައުމޫން ޕީޕީއެމްގެ ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެނެސްފައިވާކަން ހާމަކޮށްފައިވަނިކޮށެވެ.
ނަމަވެސް ރައީސް މައުމޫން އެހެން ޕާޓީތަކާ މަޝްވަރާކުރުމަށް ސިޓީ ފޮނުއްވާފައިވާއިރު, ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ ކަމަށްވާ އެމްޑީޕީ އަށް ސިޓީ ނުފޮނުއްވައެވެ.
ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ މައުމޫން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ