މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ރ. އުނގޫފާރު ކައުންސިލްގެ ރައީސް އިބްރާހީމް އަންވަރާއި ރ. މީދޫ ކައުންސިލްގެ ރައީސް އިބްރާހީމް މުޙައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މީދޫގައި ޤައުމީ ފެންވަރުގެ ދުވަހެއް ފާހަގަކުރުމާއި ގުޅޭގޮތުންނާއި، އުނގޫފާރު ކައުންސިލް އޮފީސް މަރާމާތު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް ހޯމް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
މިހަފްތާގެ ތެރޭގައި މިނިސްޓަރު އުމަރު ވަނީ ހދ. ނޭކުރެންދޫ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޖަލު އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބަކާ ގުޅޭގޮތުންނާއި، ޖަލުގެ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމާއި، ޖަލުގެ މުވައްޒަފުން ހޯދާ އިރު ރަށަށް އިސްކަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
ހޯމް މިިނިސްޓަރު އުމަރު، ރ. އަތޮޅު ދެ ރަށުކައުންސިލެއްގެ ރައީސުންނާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ