އިދިކޮޅު ފަރާތްތަކުން ދެން އުފައްދާ ވެރިކަމުގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގައި ހުންނަވާ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަނގަޅުގޮތުގައި ގައުމު ތަރައްގީ ކުރަން ބޭނުންކަމުގައިވާނަމަ ޑިމޮކްރެސީ އަކީ މުހިއްމު ކަމެއް ކަމަށެވެ.
އެގޮތުން ރަނގަޅު ޑިމޮކްރެސީއެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނައިރު އެކަމުގައި ރައީސް މައުމޫންވެސް އެކަމުގައި ބައިވެރިވެވަޑައިންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ޕީޕީއެމްގެ ރައީސް ކަމަށްވާ މައުމޫނަށް އެ ޕާޓީން ދެކޮޅު ހެދުމަކީ ގޯސް ކަމެއް ކަމަށާއި އެފަދަ ކަންތައްތައް ހުރުމުގެ ސަބަބުން ދެން އޮންނަ އިންތިހާބަށްވާއިރަށް އިންތިގާލީ ސަރުކާރެއް ގާއިމު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން އެ ގޮތަށް ކަންތައް ކުރުމަށް ނިންމާފައިވާއިރު ސަރުކާރުގެ ޔުނައިޓެޑް އޮފޮޒިޝަން އިން ކުރިއަށް ގެންދާ މަސައްކަތުގައި ރައީސް މައުމޫންއާއި އެމަނިކުފާނުގެ ސަޕޯޓަރުންވެސް ހިމެނޭނެ ކަމަށް ވަނީ ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު އިއްތިހާދުން އަންނަނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާނެ ކަމަށް ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ. އއެހެންނަމަވެސް ގާނޫނުގެ ތެރެއިން ސަރުކާރު ބަދަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ކޮން ގޮތަކަށް ކުރާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން އުފައްދާ ވެރިކަމެއްގައި މައުމޫން ބައިވެރިވާނެ – ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ