ކޮންޓްރޯލްޑް ޑެލިވަރީ އާއި ކުޑަކަމުދާ ތަކެތި ނެގުމުގެ އައު ގަވާއިދެއް

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލީގޮތުން ކަންކަން ކުރާނެ ގޮތް ބަޔާންކުރާ "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ފަށައިފިއެވެ.
މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ތާރީޚުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ