މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖާޖީންގެ ފަހު ގްރޫޕް ރޭ މާލެ އައިސްފި އެވެ.ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެއަށް އައިސްފައިވަނީ ރޭ 00:00 ހާއިރު މޯލްޑިވިއަންގެ ފްލައިޓުންނެވެ. އެ ފުލައިޓުގައި އައިސްފައިވަނީ 262 ހައްޖާޖީންނެވެ. އެއާއިއެކު ރާއްޖެއިން ހައްޖަށްދިޔަ ހުރިހާ އެންމެން އައިސްވަނީ ނިމިފަ އެވެ.ރާއްޖެއިން މިފަހަރު ހައްޖަށްދިޔަ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައި ވެއެވެ. މައްކާގައި ހައްޖުގެ މަނާސިކުތަކުގެ އިތުރުން ހާޖީން މަދީނާގައި 2 ދުވަސް މަޑުކުރި އެވެ.ދިވެހި ހުރިހާ ހައްޖާޖީން ރާއްޖެއައިސްފައިވާއިރު، ޙައްޖު ކޯޕަރޭޝަނުގެ އިންތިޒާމުތަކާއެކު މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ފުރިހަމައަށްކަން ދިވެހި ޙައްޖު މިޝަނުން ވަނީ ވިދާޅުވެފަ އެވެ.ދިވެހި ހުރިހާ ހައްޖުވެރިންވެސް ހައްޖުގެ އަޅުކަމަށް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ