ސުޕްރީމް ކޯޓުގެ ވެބްސައިޓް ހެކް ކޮށްފައެއް ނުވޭ: ޖުޑީޝަރީ

ސުޕްރީމް ކޯޓުގެ ވެބްސައިޓް ހެކްކޮށްފައިވާކަމަށް ބުނެ ފެތުރި ހަބަރު ޖުޑީޝަރީން ދޮގު ކޮށްފި އެވެ.
ޖުޑީޝަރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ވެބްސައިޓް ހެކް ކޮށްފައި ނުވާކަމަށާއި އަދި ސުޕްރީމް ކޯޓުގެ ހުކުމް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވާފައިވާނެ ކަމަށެވެ.
ސިޔާސީ ލީޑަރުން ހައްޔަރުން ދޫކޮށްލުމަށާއި މަޖިލިސް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ހުކުމްކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ