ރައްޔިތުން ހަވާލުކުރި ޒިންމާ އަކީ މަސްކެޑުން ކަމަށް ދައްކަން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން މަސައްކަތް ފަށައިފއެވެ.
މީސް މީޑިއާގައި މިހާރު ދަނީ އަލީ ޙުސައިން މާލޭގެ މަސްމާރުކޭޓުގައި މަސްކަނޑާ މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވަމުންނެވެ.
މާރުކޭޓުގައި މަސްކަނޑަން ހުންނެވުމާއި ބެހޭގޮތުން އަލީ ޙުސައިންގެ ބަހެއް އަދި ލިބިފައި ނުވާއިރު ބައެއް ފަރާތްތަކުން ސިފަކުރަނީ މިއީ އާއްމުންގެ ސަމާލުކަން ހޯދުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުޅުއްވާ ޑްރާމާއެއްގެ ގޮތުގައެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ފޮޓޯ އިން ދަައްކުވައިދެނީ ވަޒީފާ ގެއްލުނަސް އަދި މަޤާމް ގެއްލުނަސް ގޮތް ހުސް ނުވާނެ ކަން އަންގައިދޭ މަންޒަރު ކަމަށެވެ.
މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު އެ ބޭފުޅުންނަށް ވެސް ގޮތް ހުސްނުވާނެކަން މި ފޮޓޯ އިން ހާމަވާ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އެވެ.
ރައްޔިތުން ހަވާލުކުރި ޒިންމާ އަކީ މަސްކެޑުން ކަމަށް ދައްކަން އަލީ ހުސެއިން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ