މެމްބަރު ސިނާނު ޓެރަރިޒަމްގެ ދައުވާއަށް އިންކާރުކުރައްވައިފި

މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާގައި އޭނާއާއި ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅައިފިއެވެ.
މިމައްސަލައިގެ އިބުތިދާއީ އަޑުއެހުންތައް މިއަދު ފެށި އިރު ސިނާނު ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ އެދައުވާއަށް އިންކާރު ކުރައްވާފައެވެ.
މިއަދު ދައުލަތުގެ ފަރާތުން ޝިނާނާއި ދެކޮޅަށް 32 ހެއްކެއް ހުށައަޅާފައި ވާއިރު އޭގެ ތެރޭގައި ގިނައީ ސިއްރު ހެކިތަކެކެވެ. އޭގެ ތެރޭގައި ސިއްރު ހެކިބަސްދޭނެ 16 މީހަކާއި، ފުލުހުންގެ އޮފިސަރުންތަކަކާއި ސިއްރު ލިޔެކިޔުންތަކެއް ހިމެނެއެވެ.
ސިނާނުގެ މައްޗަށް މިދައުވާ އުފުލާފައި ވަނީ ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރުގައި އޭނާގެ ބައިވެރިވުން އޮތްކަމާއި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުކޮށެވެ.
ޝިނާނުގެ މައްސަލަވެސް ބައްލަވަމުން ގެންދަނީ ދާދި ފަހުން ކުރިމިނަލްކޯޓަށް އައްޔަނުކުރި ޤާޟީ އަހުމަދު ހައިލަމެވެ.
މިއަދުގެ އިބުތިދާއީ އަޑުއެހުމުގައި ވަނީ ޝަރީއަތް ފެށުމުގެ ކުރިން ދެފަރާތުން ހުށައަޅަން ބޭނުންވާ ކަންކަން އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ފުރުޞަތު ދީފައެވެ.
ސިނާންގެ މައްޗަށް އުފުލާފައި މިދައުވާ އާއި ގުޅިގެން ދައުވާގައި ސާފު ނުވާ ގިނަ ކަންތައްތަކެއް ހުރި ކަން ޝިނާންގެ ވަކީލު ނޫރުއްސަލާމް ވަނީ ފާހަގަކުރައްވާފައެވެ.
ސިނާނުގެ މައްޗަށް ދައުލަތުން ކުރާ މިދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް އޭނާ ޖަަލަށް ލާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ