ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފައިސާއަށް ހިޔާނާތްތެރިވުމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި, ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ފާސްކޮށްފަ އެވެ. އެ ރިޕޯޓް ފާސްކުރީ މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓުގައި ވަނީ, ފެނަކައާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ މަސައްކަތް އިން-ހައުސްކޮށް ކުރިއަށް ގެންދިއުމަށް ނިންމުމުގެ ކުރިން އެ ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކީ ކޮބައިކަން ނުބަލައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެ ކަންތައްތައް ކުރިއަށްދިޔައިރު/ ނިންމުންތައް ނިންމިއިރު އޮތް ފެނަކައިގެ ބޯޑް އޮފް ޑިރެކްޓަރުންނާއި އިސްވެރިން އެކަމުގައި ޒިންމާކުރުވުމަށް އަންގައި, އަދި މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފެނަކައަށް އެންގުމަށްވެސް ރިޕޯޓުގައިވެ އެވެ.
ފެނަކައިގެ ފައިސާއަށް ހިޔާނާތްތެރިވި މީހުން ހޯދައި ފިޔަވަޅު އަޅަން އަންގަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ