އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަން ސާފުވޭ: ގާސިމް

ވއެންޓި ޑިފެކްޝަން ގާނޫނާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަން ސާފުވެގެން ހިނގައްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ބުނާ 12 މެންބަރުންގެ ދާއިރާގައި ބައި އިލެކްޝަން ބޭއްވުމަށް ނިންމީ އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނުމާ ގުޅިގެންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުންވެސް ސާފުކޮށް އެނގުނީ 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަން ސާފުވަނީ ޕީޕީއެމުން ވަކިވުމުގެ އިޖުރައާތުތައް އެ މެންބަރުން ހިންގާފައިވަނީ ގާނޫނުގައި ބުނާ ތާރީހު ކަމަށްވާ 13 ޖުލައި 2017ގެ ކުރިން ކަން ސާފުކޮށް އެނގޭތީ ކަމަށެެވެ.
'
އެންޓި ޑިފެކްޝަންގެ ގާނޫނުގެ ތައާރަފްގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި ހިނގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން ވަކިކޮށްފި ނަަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަަދަ މެންބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގާނޫނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ