އިދާރީގޮތުން ހިންގުމުގައި ކައުންސިލްތަކަކީ ސިޔާސީ ތަންތަނެއްނޫން- މައުމޫން


ކައުންސިލްތަކުގައި ތިއްބަވާ މެމްބަރުންނަކީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ބައެއްކަމުގައި ވެގެންނުވާނެކަމަށް ޕީ.ޕީ.އެމް ގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
 
މެދުހެންވޭރުގައި އެޕާޓީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކައުންސިލް މެމްބަރުންނަކީ ސިޔާސީ ޕާޓީތަކުން އިންތިޚާބުވާ ބަޔަކަށްވީނަމަވެސް، އިދާރީގޮތުން ހިންގުމުގައި ކައުންސިލްތަކަކީ ސިޔާސީ ތަންތަން ނޫންކަމަށެވެ.
 
ކައުންސިލްތަކަކީ ސިޔާސީ ތަންތަނަށް ވެއްޖެނަމަ ސަރުކާރުގެ ޚިދުމަތްތަށް އެ ދާއިރާތަކަށް  ފޯރުވައިދިނުމަށް ދަތިވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމް.ޑީ.ޕީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލަށް ފާޑުވިދާޅުވަމުން މައުމޫން ވިދާޅުވީ މާލެ ސިޓީ ކައުންސިލުންމަސައްކަތްކުރަމުންދިޔައީ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކޮށް، އެޕާޓީގެ ފިކުރަށް ތާއީދު ކުރާ ފަރާތަކަށް އެކި ކަންކަމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި މިހާރުގެ ސިޓީ ކައުންސިލުން އެހެން ޕާޓީތަކާއިމެދު ވަރަށް އިހާނެތިކޮށް މަސައްކަތްކުރަމުންދިޔަކަމަށް މައުމޫން ވިދާޅުވިއެވެ.
 
މައުމޫން ވިދާޅުވީ ކައުންސިލް ތަކަކީ ސިޔާސީ ނުފޫޒް ހިމެނެންޖެހޭ ތަނެއް ނޫންނަމަވެސް  މާލޭ ސިޓީ ކައުންސިލުން  މާލޭގެ ބޮޑެތި ބިންތަކާއި، އިމާރާތްތަށް ހިލޭ އަދި ކުއްޔަށް ދޫކުރަމުން ދިޔަކަމަށެވެ. އެހެންކަމުން މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީ.ޕީ.އެމަށް ދީފިނަމަ ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކާނެކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ