ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ކުރާ މަސައްކަތް ރައްޔިތުން ބަލައެއް ނުގަނޭ - ފަލާހު

ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ރައްޔިތުން ބަލައި ނުގަންނަ ކަމަށް ރ.އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރުމާލު2 ޖަގަހައިގައި "އަޅޭ" ގެ ނަމުގައި މިރޭ ކުރިޔަށް ގެންދަމުންދާ ޖަލްސާގައި ވާހަފުޅުދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް ނަށީދަށް ތާއީދު ކުރުމަކީ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށެވެ.
އަދި މިހާރުގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކެމްޕެއިން ކުރާ ވާހަކަ ދެއްކެވުމުން އިދިކޮޅު ފަރާތްތަށް ވަރަށް ބޮޑަށް ޖެހިލުން ވާކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ 2008 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އެރުމަށް ހެދީ ހުސް ދޮގު ކަމަށާއި، މި ގައުމު ސަލާމަތް ކުރަން ބެނުންނަމަ ހަޤީޤަތް ފާޅުކުރަން އެބަ ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ