އައިޑީބީ ރައީސާ ނައިބު ރައީސް ބައްދަލުކުރައްވައިފި

10:00އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އައި.ޑީ.ބީ. ގްރޫޕްގެ ރައީސް ޑޮކްޓަރ މުޙަންމަދު ޢަލީއާ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ބައްދަލުކުރައްވައިފި އެވެ.މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިސްލާމިކް ބޭންކެއް ތަޢާރަފް ކުރެއްވުމާބެހޭގޮތުންނާއި، އައި.ޑީ.ބީ.ގެ އެހީތައް ކުރިއަށް ގެންދެވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އައި.ޑީ.ބީ. ހެޑްކުއާޓަރޒްގައި އިއްޔެ ބޭއްވެވި އެ ބައްދަލުވުމުގައި، އައި.ޑީ.ބީ. ގްރޫޕްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެބޭންކާ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅު ކަމަށް ވިދާޅުވެ، އައި.ޑީ.ބީ.އިން ރާއްޖެއަށް ވެދެމުން ގެންދާ އެހީތައް ކުރިއަށް އޮތްތާނގައިވެސް ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އައި.ޑީ.ބީ.އިން ރާއްޖެއަށް ވެދެމުން ގެންދާ އެހީތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސާބެހޭ މަޢުލޫމާތު އައި.ޑީ.ބީ.ގެ ރައީސަށް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ