ރައީސް މައުމޫން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ޕާޓީގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
ޕީ.ޕީ.އެމް. އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫންގެ މި ދަތުރުފުޅުގައި ޕާޓީގެ ނައިބު ރައީސް އަލްފާޞިލް އަބްދުލްރަހީމް ޢަބްދުﷲ އާއި ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އަލްފާޞިލާ އަނީސާ އަހްމަދު އަދި އަލްފާޞިލް ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މި ދަރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގ އާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ހިޒް އެކްސިލެންސީ ސަލްމާން ޚޫރުޝިއްދްއަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ