ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަމައުމޫން އަބްދުލް ގައްޔޫމް ރޭ މެލޭޝިއާއަށް ފުރާވަޑައިގަންނަވައިފި އެވެ.
ޕީޕީއެމުން ބުނީ ރައީސް މައުމޫން މެލޭޝިއާއަށް ކުރައްވާ މިދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަަށެވެ.
ރައީސް މައުމޫން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާއި އެކު މެލޭޝިޔާއަށް ވަޑައިގެންނެވީ ނަސްރީނާ އާލާސްކަންފުޅާއި އުޅުއްވާތީ ބޭސްފަރުވާއަށް ކަމަށް އެނގިފައިވެ އެވެ.
ރައީސް މައުމޫން އެނބުރި މާލެ ވަޑައިގަންނަވާނީ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ފަހުން ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.
ރައީސް މައުމޫން މެލޭޝިޔާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ