ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައާ ގުޅިގެން ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ މަޑު ޖައްސާލުމަށް ސްޕްރީމު ކޯޓުން ހައި ކޯޓަށް އަންގައިފިއެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ކުރިއަށް ނުގެންގޮސް ވަގުތީގޮތުން ހުއްޓާލުމަށް އިއްޔެ އެންގީ ހުޅުމާލޭ ކޯޓުގެ ސައްހަ ކަމާއި މެދު ސުވާލު އުފައްދާފައިވާތީ ސްޕްރީމު ކޯޓުން ބަލަމުންދާ މައްސަލަގައި ހިމެނޭ ނުކުތާތަކެއް އެމައްސަލާގައި ވެސް ހިމެނޭތީ ކަމަށެވެ.
ނަޝީދުގެ ފަރާތުން ނެގި ނުކުތާތަކަކީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދާ ނެގި ނުކުތާއަކާއި އެ ކޯޓުގެ ޝަރީއަތެއް މާލޭގައި ބޭއްވިދާނެތޯ ސުވާލު އުފައްދާ ނެގި ނުކުތާއެއްގެ އިތުރުން ކޯޓަށް ހާޒިރުވުމުގެ އަމުރު ނަޝީދަށް ފޮނުވީ ގަވާއިދާ ހިލާފަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލަ މަޑު ޖައްސާލުމަށް އެންގުމާއި ގުޅިގެން މިއަދު 10:15 ގައި ހައިކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އެމައްސަލައިގެ އަޑުއެހުން ވެސްވަނީ ކެންސަލްކޮށްފައެވެ.
ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އެންގިއިރު އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން ވަނީ މީގެ ކުރިން ވަނީ ހުޅުމާލެ ކޯޓަށް އަމުރުކޮށްފަ އެވެ.
ހައިކޯޓުގައި ނަޝީދުގެ އިސްތިއުނާފު މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ