އުނގޫފާރު ދާއިރާގެ ގޮނޑި ޕީޕީއެމްއަށް އަލުން ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެ އެވެ.
18:47
ހައުސިންގ މިނިސްޓަރު މުއިއްޒު ޓުވިޓާ މެދުވެރިކޮށް އަމީންއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބޭބެ (އަފްރާޝީމް) ގޮތަށް މަޖިލީހުގައި އިސްލާމްދީނުގެ ހައްގުގައި މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް.
18:44
އުނގޫފާރުގެ ބައި އިލެކްޝަނުން ދައްކުވައިދެނީ އެމްޑީޕީގެ ޕޮލިސީތަކާއި ލީޑާޝިޕް ފެއިލްވެފައިވާކަން ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ. ޖަމީލް މިހެން ވިދާޅުވީ ޓުވިޓާ މެދުވެރިކޮށް. އަދި ޖަމީލް ވަނީ ޕީޕީއެމްގެ ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވެފަ.
18:42
ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ މިއަދު ލިބުނު ކާމިޔާބީއަކީ ޑރ.އަފްރާޝީމްއަށް ލިބުނު ކާމިޔާބީއެއް ކަމަށް. އަދި އަފްރާޝީމް އާއި އަފްރާޝީމްގެ އާއިލާގެ ހުވަފެންތައް ހަގީގަތަކަށް ހަދާދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި.
18:39
ޕީޕީއެމް ގޮނޑި ކާމިޔާބު ކުރުމުން ސޯޝަލް މީޑިއާތަކުގައި ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް ގިނަ މެމްބަރުންގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުން ދަނީ މެސެޖްތައް އޮއްސަމުން، އަދި މި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބެއް ކަމަށް ދަނީ ބުނަމުން.
18:28
އިބްރާހީމް އަމީން (ޕީޕީއެމް): 1159
ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): 1078
18:00
ޕީޕީއެމް ކެންޑިޑޭޓު ގޮނޑި ކާމިޔާބުކޮށްފި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ. އަދި މިހާތަނަށް ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާ ލިބިފައެއް ނުވޭ.
17:30
މާލޭގައި ބެހެއްޓި ވޯޓު ފޮށި:
ބާތިލް ވޯޓުގެ އަދަދު: 4
ކެންޑިޑޭޓް 1، ނާޖިހު ޖިނާހު: 2
ކެންޑިޑޭޓު ނަންބަރު 2 : އިބްރާހިމް އަމީން 130
ކެންޑިޑޭޓު ނަންބަރު 3 : ޑރ. އަޝްރަފް 162
ޖުމްލަ: 298
އުނގޫފާރުގައި ބެހެއްޓި ވޯޓު ފޮށި:
ބާތިލް ވޯޓުގެ އަދަދު: 12
ކެންޑިޑޭޓް 1، ނާޖިހު ޖިނާހު: 4
ކެންޑިޑޭޓު ނަންބަރު 2 : އިބްރާހިމް އަމީން 450
ކެންޑިޑޭޓު ނަންބަރު 3 : ޑރ. އަޝްރަފް 308
ހުޅުދުއްފާރުގައި ބެހެއްޓި ވޯޓު ފޮށި:
ބާތިލް ވޯޓުގެ އަދަދު: 12
ކެންޑިޑޭޓް 1، ނާޖިހު ޖިނާހު: 4
ކެންޑިޑޭޓު ނަންބަރު 2 : އިބްރާހިމް އަމީން 329
ކެންޑިޑޭޓު ނަންބަރު 3 : ޑރ. އަޝްރަފް 368
ޖުމްލަ: 710
މާކުރަތުގައި ބެހެއްޓި ވޯޓު ފޮށި:
ބާތިލް ވޯޓުގެ އަދަދު: 12
ކެންޑިޑޭޓް 1، ނާޖިހު ޖިނާހު:
ކެންޑިޑޭޓު ނަންބަރު 2 : އިބްރާހިމް އަމީން 250
ކެންޑިޑޭޓު ނަންބަރު 3 : ޑރ. އަޝްރަފް 240
17:08
އުނގޫފާރު ފޮއްޓަށްލާފައިވަނީ ބާތިލް 12 ވޯޓު.
16:49
މާލޭގައި ބެހެއްޓި ވޯޓު ފޮއްޓަށް ބާތިލް ހަތަރު ވޯޓު ލިބުނު ކަމަށް ނިންމާފައިވާ އިރު އޭގެ ތެރެއިން އެއް ވޯޓު ކަރުދާސްކޮޅުގައި ޖަހާފައި އިން ފާހަގައިން މައްސަލައެއް ދިމާވެގެން ކޮންމެވެސް ވަރަކަށް ހޫނުވެއްޖެ. އޭގެ ތެރެއިން އެއްް ވޯޓަކީ ސައްހަ ވޯޓެއްކަމާ މެދު އޮބްޒާވަރުން ސުވާލު އުފެދޭ ކަމަށް ބުނުމުން އޮފިޝަލުން ނިންމީ އެއީ ރަސްގެއެއް ކަމަށް. ޕީޕީއެމްގެ މަންދޫބުން އެކަމާ ދެކޮޅު ހަދާ.
16:40
މާލޭގައި އާއި އުނގޫފާރުގެ އިތުރުން ހުޅުދުއްފާރާއި މާކުރަތުގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ގުނަން ފަށައިފި.
16:15
ހުރިހާ ވޯޓު ފޮށިތަކެއް ބަންދުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ.
16:05
ހަތަރެއް ޖެހުމާ އެކު ވޯޓިން ކިއު ބަންދުކޮށްފި. ހުރިހާ ސްޓޭޝަނެއްގެ ވޯޓިން ކިއު ބަންދުކުރިއިރު ކިއޫގައި ތިބީ މަދުބައެއް
15:35
ވޯޓުލުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު. 4 ޖަހާއިރަށް ބަންދުކޮށްފިނަމަ 30 މިނެޓުފަހުން ވޯޓު ގުނަން ފަށާނެ. އަދި ވަގުތީ ނަތިޖާ އިއުލާންކުރާނެ ކަމަށް ބެލެވެނީ ހަވީރު 5:30 ގައި. 4 ގެ ފަހުން ވޯޓުލެވޭނީ އެގަޑި ހަމަވުމުން ވެސް ކިއުގައި ތިބި މީހުންނަށް. 4 ޖެހުމަށްފަހު ވޯޓުލުމަށް އަންނަ މީހުންނަށް އެފުރުސަތު ނުލިބޭނެ.
15:33
އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 15:25 އާއި ހަމައަށް %82 މީހުން ވޯޓުލައިފި. އެއީ 2647 މީހުން. ވޯޓުލީ މީހުންގެ ތަފްސީލަށް ބަލާއިރު ވޯޓުލެވޭ 1608 ފިރިހެނުންގެ ތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ 1282 މީހުން. ވޯޓުލެވޭ 1583 މީހުންގެ ތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ 1365 މީހުން.
ވޯޓުލުމަށް މިހާރު އިނީ ބާކީ 30 މިނެޓު.
14:29
މިއަދު މެންދުރު 14:20 އާއި ހަމައަށް ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %75 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަނުން ބުނެފި. 14:20 އާއި ހަމައަށް ވޯޓުލާފައިވަނީ 2430 މީހުން.
12:30
އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ 3221 މީހުންގެ ތެރެއިން 57.65 ޕަސެންޓް މީހުން މިހާރު ވަނީ ވޯޓުލާފައި އެވެ. އެއީ 1857 މީހުންނެވެ.
މިއަދު 12:30 އާއި ހަމައަށް އިލެކްޝަންސްގެ ޓްލީ މީހުންގެ އަދަދު ދައްކައިދޭ ގްރާފްއިން އިނގޭ ގޮތުގައި ވޯޓުލެވޭ 1604 ފިރިހެނުންގެ ތެރެއިން 877 މީހަކު ވަނީ ވޯޓުލާފައެވެ. އަދި ވޯޓުލެވޭ 1583 މީހުންގެ ތެރެއިން 976 މީހުން ވޯޓުލާފައިވެ އެވެ.
09:00
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެ އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސީ އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޑރ. އަފްރާޝީމް އަލީ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ ދަންވަރު އަވަހާރަކޮށްލުމާއި ގުޅިގެން އެގޮނޑި ހުސްވުމުންނެވެ.
މިއަދު ހެނދުނު 8:00 ޖެހުމާއެކު ވޯޓްލުން ކުރިއަށްދާއިރު، ވޯޓުލުން ކުރިއަށް ދަނީ އުނގޫފާރުގެ އިތުރުން މާކުރަތުގައި އާއި ހުޅުދުއްފާރުގައި އެވެ. މީގެއިތުރުން މާލޭގެ ތާޖުއްދީން ސްކޫލުގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައެވެ.
އެމްޑީޕީގެ ޑރ. އަހުމަދު އަޝްރަފާއި ޕީޕީއެމްގެ އިބްރާހީމް އަމީން ވާދަކުރާ މި ބައި އިލެކްޝަންގެ ފޯރިގަދަ ކެމްޕެއިން އިއްޔެ ހަވީރު 6 ޖެހިއިރު ނިންމާލި ނަމަވެސް އިއްޔެ މަނާ ގަޑީގައި ކެމްޕޭން ކުރިކަމުގެ ޝަކުވާ މިއިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރާ ދެ ޕާޓީން ވެސް ލިބިފައި އެބަހުރި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.
އެހެންނަމަވެސް މިރަށްތަކުގައި ވޯޓްލުން ކުރިއަށްދާއިރު އަދި އެއްވެސް ރަށެއްގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް އިލެކްޝަނުން ރަށްރަށަށް ކަނޑައަޅުއްވާފައި ތިއްބަވާ އޮފިޝަލުން ވަނީ ބުނެފައެވެ.
އެ ދާއިރާ އަށް ވާދަކުރާނީ ޕީޕީއެމްގެ ފަރާތުން އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީން އާއި އެމްޑީޕީގެ ފަރާތުން، ޑރ. އަހުމަދު އަޝްރަފެވެ. އަމިއްލަ ކެންޑިޑޭޓަކު ކުރިމަތިލެއްވި ނަމަވެސް ނާޖިހު ޖިނާހު އެންމެ ފަހު ވަގުތު އޭނާ ވަނީ ނަން ގެންދެވިކަން އިއުލާން ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމާފައެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ބަލާއިރު އުނގޫފާރުގައި ތިބީ ވޯޓު ލެވޭ 874 މީހުންނެވެ. ހުޅުދުއްފާރުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 838 އެވެ. އަދި މާކުރަތުގައި 638 މީހުން، މާލޭގައި ވޯޓުލުމަށް 453 މީހުން ވަނީ ރަޖިސްޓްރީކޮށްފައިވެ އެވެ.
މިއަދު ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށިއިރު ވޯޓުލުން ބަންދު ވާނީ މިއަދު ހަވީރު 4:00 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ