ފްލައިން ސްކޫލް: ޑޮލަރުން ފީ ނަގާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އައްޑޫ ފްލައިން ސްކޫލު ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާ ތަހުގީގު ކުރަމުންދާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވެސް އެ މައްސަލަ މިނިސްޓްރީން ވަނީ ހުށަހަޅާފައެވެ.
މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ފެށުނީއްސުރެވެސް ފްލައިން ސްކޫލްގެ މިފަދަ މައްސަލަތަކެއް އޮތް އިރު ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލަށް ވެފައި މިފަދަ ކަންކަމަށް ފިޔަވަޅު ނާޅާ މައްސަލަ ހައްލު ނުކުރެވި އޮތުމުން ގިނަ ބަޔަކުވަނީ ސިވިލް އޭވިއޭޝަނާއި ޓްރާޏްސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.
މީގެ ކުރިން ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. މިހާރު މި މައްސަލަ ސިވިލް އޭވިއޭޝަން އާއި، އޭޑިއުކޭޝަންއާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު މި މައްސަލަ ދަނީ އެތަންތަނުން ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ