ޝިދާތާ އާއި ފިލްމީ ތަރި ޒިޔާ އެންގޭޖްވެއްޖެ

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް އާއި ފިލްމީ ތަރި އަޙްމަދު ޒިޔާޢު (ޒިޔާ) އެންގޭޖް ވެއްޖެއެވެ. މުނިއަވަސް އަށް އެނގިފައިވާގޮތުން މި ދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެއެވެ.
ޝިދާތާ ޝަރީފު އޭނާގެ ފޭސްބްކް މެދުވެރިކޮށް މިކަން އާއްމުކޮށްފައިވަނީ ވަރުގަދަ ލޯބީގެ މެސެޖަކާ އެކުގައެވެ.
”މިއީ ދިރިއުޅުމަށް އައު މަގެއް. ލޯބިން ފުރިފައިވާ ހިތަކާއެކު ފަށާ އައު ފެށުމެއް. ސިޒާ ޒޭން އާ އެންގޭޖް ވެއްޖައިން.“ ޝިދާތާ އާއި ޒިޔާ އެންގޭޖްވި ފޮޓޯ އާއެކު ލިޔެލާފައި ވެއެވެ.
ޝިދާތާގެ މެސެޖްގައި ލިޔެލާފައިވާ ތާރީޚް ޖަހަމުން ޒިޔާވެސް ލިޔެލާފައިވަނީ Yes I am happy 21-01-21 މިހެންނެވެ.
ދާދި ފަހުން ޒިޔާގެ އަމިއްލަ ސްޓޫޑިއޯއެއް ހަދައި ދެ ލަވައެއް ނެރެ ފިލްމީ މަސައްކަތްތައް ކުރަން ފަށާފައިވެއެވެ. އެގޮތުން ޒިޔާ އާއި ނާއްކޮ އެކްޓްކޮށްފައިވާ ”ލޯބި ދޭނަން ޔަޤީން“ ލަވަ ފާހަގަކޮށްލެވެއެވެ. ފަހަރެއްގައި އެ ލަވައިގައި ނާއްކޮ ދެއްކިޔަސް، ލަވައިގައި ޔަޤީނުންވެސް ލޯބި ދޭނެކަމަށް ޒިޔާ އެ ބުނަނީ ޝިދާތާއަށް ކަމަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް، މުނިއަވަސް އާއި ކިޔުންތެރިންގެ ފަރާތުން މި ޖޯޑަށް ފާގަތި ޒަވާޖީ ހަޔާތެއް ލިބުމަށް އެދި އެމީހުންގެ ދުޢާގައި ބައިވެރިވަމުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ