އޮޑިޓް ޤާނޫނަށް ގެނައި އިސްލާޙު ބާޠިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އޮޑިޓް ޤާނޫނަށް ގެނައި އިސްލާޙު ބާޠިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.ޤާނޫނީ ވަކީލުންގެ ޓީމަކުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ހއ. ކެލާ، މުރަކަ، އަބްދުﷲ ޖަމީލުގެ ނަމުގަ އެވެ.މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޮޑިޓާ ޖެނެރަލްގެ ދައުރަކީ ހަތް އަހަރު ދުވަސްކަމާއި އެ މީހަކު އެ މަގާމުން ވަކިކުރެވޭނެ ގޮތް އޮޑިޓް ގާނޫނުގައި ބުނެފައިވާ މާއްދާ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އާ އޮޑިޓާ ޖެނަރަލަކު އައްޔަން ކުރަން ޖެހޭގޮތަށް ފާސްކޮށް ތަސްދީޤު ކުރުމާއި ގުޅިގެންނެވެ.މި މައްސަލާގައި އޮޑިޓަރ ޖެނެރަލް ނިޔާޒް އިބުރާހީމް ވެސް ވަނީ ސިޔާސީ ނޫން ހުރިހާ ފަރާތްތަކުންވެސް މި މައްސަލާގައި ތެދުވުމަށާއި، ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވުމަށް ގޮވާލައްވާފައެވެ.އެހެން ނަމަވެސް މިފަދަ ޙާލަތެއްގައި މަޤާމުގައި އިތުރަށް ދެމިހުންނަވަން ޤަސްތު ނުކުރައްވާ ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.މި މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ބުނެފައެވެ.އެހެން ނަމަވެސް އޮޑިޓާ ޖެނެރަލްގެ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން ރައީސް އޮފީހަށް ނަން ހުށަހެޅުމުގެ ފުރުޞަތު ރައީސް އޮފީހުން މިހާރު ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ