ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފި އެވެ.
ޔުމްނާ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން މިއަދު 11:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށެވެ.
ޔުމްނާ މިހެން ވިދާޅުވެފައިވީ ނަމަވެސް ފުލުހުންގެ އިދާރާއަށް ޔުމްނާ ހާޒިރު ކުރަނީ ކޮން މައްސަލަ އަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ޔުމްނާ ހުންނެވީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބުގެ މަގާމުގަ އެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ ކަޅުވަކަރު މިސްކިތް ބަދަލި ކުރަން ނިންމެވުމާ ގުޅިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.
ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ