މިދިޔަ މަހުގެ ތެރޭގައި އިންޑިޔާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ކުރީގެ ރައީސުލްހުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާލެ ވަޑައިގެންފި އެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މިދިޔަ މަހުގެ ތެރޭގައި އިންޑިޔާއަށް ވަޑައިގަތީ، ބޭސްފަރުވާގެ އިތުރުން އަމިއްލަ ބޭނުންފުޅަކަށެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގަތުމުން، ރައީސް މައުމޫނުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ، ޕީޕީއެމްގެ އަމީން ޢާންމު މުހައްމަދު ޠަލާލްއާއި، ޕީޕީއެމްގެ މުވައްޒަފުންނާއި، އެޕާޓީގެ އެކިއެކި ހަރަކާތްތެރިންނެވެ.
ރައީސް މައުމޫން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިޔާގެ ޓަމިލްނާޑޫ ސްޓޭޓްގެ ކޯވާއީ ސިޓީގައި ވަނީ، އެޤައުމުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޖެނެރަލް (ރޓޑ) ވިޖޭ ކުމާރ ސިންހާ ބައްދަލު ކުރައްވާފަ އެވެ.
އަދި، ޓްރިވެންޑްރަމްގައި ހުންނަވާ ދިވެހި ކޮންސުލް އަލީ އާދަމްއާ ވެސް ރައީސް މައުމޫން ވަނީ ބައްދަލުކުރައްވާފަ އެވެ.
މީގެ އިތުރުން، ރައީސް މައުމޫން ވަނީ، ކޯވާއީ ސިޓީގައި ދިރިއުޅޭ ދިވެހިންނާ އެކު އަޟްހާ ޢީދު ނަމާދު ވެސް ކުރައްވާފަ އެވެ.
23 ދުވަހުގެ ދިގު ދަތުރުފުޅަކަށް ފަހު ރައީސް މައުމޫން މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ