ޕްރީ ސްކޫލް ފުޓްބޯޅަ މުބާރާތެއް ފަށައިފި

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން އައްޑޫސިޓީގައި ޕްރީ ސްކޫލް ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.
މިމަހުގެ 19 އިން 21 ގެ ނިޔަލަށް އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދާ މި މުބާރާތް މެއިން ސްޕޮންސަރ އަކީ މައިލޯއެވެ.
އައްޑޫސިޓީ ހުރިހާ ރަށްތަކެއްގެ ޕްރީ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. ނަމަވެސް ޕްރީސްކޫލްތަކުގެ އިތުރަށް ކޮންމެ ސްކޫލަކުން ވެސް ގްރޭޑް 1 ގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ މި މުބާރާތަކީ މިހާތަނަށް އައްޑޫގައި ބޭއްވޭ މިފަދަ ފުރަތަމަ މުބާރާތް ކަން ފާހަނގަކޮށްލެވެއެވެ.
ވެޓަރެންސް ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިފަދަ މުބާރާތްތަކުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުޓްބޯޅަ އާލާކޮށް ޒުވާން ހުނަރުވެރި ކުޅުންތެރިން މުޖުތަމައަށް ތައާރަފްކޮށްދިނުން ކަމަށާއި މިފަދައިތުރު އެހެން މުބާރާތްތައް އެހެން ރަށްތަކުގައިވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މައިލޯގެ އިތުރަށް މިނިސްޓްރީއޮފްއެޑިޔުކޭޝަން، ޔޫތު މިނިސްޓްރީ އަދި ފުޓްބޯޅަ އެސޯސިއޭޝަނާއި އައްޑޫސިޓީ ކައުންސިލުގެ އިތުރަށް ފުލުހުން ވަނީ މުބާރާތަށް އެހީތެރިކަން ފޯރުކޯށްދީފައިވާއިރު މުބާރާތުގެ ފްލައިން ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ މޯލްޑިވިއަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ