އަށް ރާތާ މަރުތޭލެއް 10 ދުވަސް ތެރޭ ޕިންކް ރެންޓަލްސްއާ ހަވާލުކުރަން ކޯޓުން ހުކުމްކޮށްފި

މީހަކު ޕިންކް ރެންޓަލްސް އިން ކުއްޔަށް ގެންދިޔަ އަށް ރާތާ މަރުތޭލެއް އެ ތަނާ 10 ދުވަހުގެ ތެރޭ ހަވާލުކުރުމަށް ސިވިލް ކޯޓުން އަންގާރަދުވަހު ހުކުމްކޮށްފި އެވެ.
ގއ. ނިލަންދޫ، އަމާޒް ޝިމްހާދު ވަހީދުގެ މައްޗަށް ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ބުނެފައި ވަނީ ޖުލައި ،6 2010 ގައި، އަށް ރާތާ މަރުތެޔޮ ޝިމްހާދު ޕިންކްރެންޓަލްސް އިން ގެންގޮސްފައިވާކަން ޕިންކްރެންޓަލްސްގެ ސްލިޕުން އެނގޭ ކަމަށެވެ. އަދި ޝިމްހާދު އެ މަރުތެޔޮ ޕިންކްރެންޓަލްސްއާ ހަވާލުކޮށްފައިވާ ކަން އެނގެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އިއްވެވި ހުކުމުގައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ މަރުތެޔޮ ޕިންކްރެންޓަލްސްއާ ހަވާލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ