ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރެވިދާނެ ހުށަހެޅުމެއް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދުގެ ޖަލްސާގައި އާޒިމް މަޖިލީހަށް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ޖޭއެސްސީ އިން ބެލުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމަށެވެ.
އާޒިމްގެ މިހުށަހެޅުމާއި އެކު ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ޖޭއެސްސީ އިން ނިންމާ، ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަ މަަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި މަޖިލީހުން ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާ އެބޭފުޅުން މަގާމުން ދުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ އަޣުލަބިއްޔަތު މިހާރު އޮތީ އެމްޑީޕީ އަށް ތާއިދު ކުރާ ފަރާތްތަކަށެވެ. އެހެންކަމުން އެމްޑީޕީގެ މަޖިލިސް މެންބަރުން ހުށަހަޅާ ހުށަހެޅުމެއް، އެހުށަހަޅާ ގޮތަކަށް ފާސްވުމުގެ ފުރުސަތު ބޮތެވެ.
އާޒިމް މިއަދު މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުގެ ފަރާތުން ޖޭއެސްސީ އަށް ފޮނުވާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓު ނެގުމަށް ފަހު އެގޮތައް މަޖިލީހުގެ މެންބަރުން ފާސްކުރުމުންނެވެ.
(ތަފްސީލް އަންނަނީ)
ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރެވިދާނެ ހުށަހެޅުމެއް މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ