ޑެންގީ ފެތުރޭތީ ތޮއްޑޫ ރައްޔިތުން ނުކުމެ ރަށު ތެރެ ސާފުކޮށްފި

އއ. ތޮއްޑޫގައި ޑެންގީ ހުން ފެތުރޭލެއް ގިނަވުމުގެ ސަބަބުން އެރަށުގެ ރައްޔިތުން ނުކުމެ ރަށުތެރެ ސާފުކޮށްފިއެވެ. މިއީ ނެޝަނަލް ޑިޒާާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާ ސެންޓާ ބޭސްޑް ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް (ސީބީޑީ)އިން ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރުމަށް އެކި ރަށްރަށުގައި އެކުލަވާލައިފައިވާ ޓީމުގެ ތެރެއިން ތޮއްޑޫގެ ޓީމުން ހިންގި ހަރަކާތެކެވެ. އެ ހަރަކާތުގައި ތޮއްޑޫގެ ރިދަން ބޮޑުބެރު ގްރޫޕްވެސް ވަނީ ބައިވެރިވެފައެވެ. ތޮއްޑޫ ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ އެރަށުގައި މިމަހު އެކަނިވެސް 17 މީހަކަށް ޑެންގީ ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ފުރާވަރުގެ މީހުންގެ އިތުރުން އެރަށުގައި ދިރިއުޅޭ ބޭރު މީހުން ހިމެނެއެވެ ތޮއްޑޫގައި ހިންގި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން--- ފޮޓޯ: ކިޔުންތެރިއެއް މިއަދު ބޭއްވި އެ ސާފުކުރުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި ނަގައިފައިވާ ކަަމަށް އޭނާ ބުންޏެވެ. އަދި ބުނީ ފެން ހަރުލާ ގިނަ އަދަދެއްގެ ތަންތަން ނައްތާލައިފައިވާ ކަމަށެވެ. އެ ހަރަކާތުގައި ފަސް ޕިކަޕުގެ ކުނި ނަގައިފައިވާކަމަށްވެސް ތޮއްޑޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އެ ހަރަކާތް ކުރިއަށް އޮތް ތަނުގައި ސިލްސިލާކޮށް ކުރިއަށް ގެންދިދިއުމަށް ނިންމައިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ