މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓް އިރުފާން، އެ ދާއިރާގެ އިބްރާހީމް މުހައްމަދަށް ތާއީދުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ މއ. ނޫރު އުފާ، އަބްދުﷲ އިރުފާން، އެ ދާއިރާ އަށް ދެން ވާދަ ކުރައްވަމުންގެންދަވާ މިނިވަން ކެނޑިޑޭޓް ކަމަށްވާ އިބްރާހީމް މުހައްމަދަށް ތާއިދުކުރަން ނިންމައިފިއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އިރުފާން ވިދާޅުވީ އިބްރާހީމް މުހައްމަދަށް ތާއީދު ކުރެއްވުމަށް އޭނާ ނިންމެވީ އެމްޑީޕީން ވިސްނާފައިވާ ބަރުލަމާނީ ނިޒާމު، ކާމިޔާބު ވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑު މިގޮތަށް ވިސްނީ ގައުމީ މަސްލަހަތު އިސްކޮށް އިސްލާމް ދީނާއި ދިވެހި ގައުމު އިސްކުރުމުގެ ގޮތުން އަޅުގަނޑު ކެނޑިޑޭޓް ހަތަރެއް އަބްދުﷲ އިރުފާނު، އިއްބެ އަށް ތާއިދުކުރަން ނިންމައިފިން،" އޭނާ ވިދާޅުވިއެވެ.
މައްޗަންގޮޅި މެދު ދާއިރާއަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާދަކުރައްވާ ދާއިރާއެވެ.
އެމްޑީޕީން ވަނީ ބަރުލަމާނީ ނިޒާމެއްގައި ފައިދާހުރި ކަމަށް އިޝާރާތްކޮށް އެކި ފަހަރުގެ މަތިން ވާހަކަދައްކައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ