ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި ގިނަ އަދަދެއްގެ ވޭޕް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. އެއީ ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިންކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ، މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. މިގޮތުން ޖުމްލަ 1،108 ވޭޕް ކާޓްރިޖް އަދި 27 ވޭޕް ޑިވައިސް ފެނިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ، "މިގޮތުން ޖުމްލަ 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރެވެމުން،" ކަމަށެވެ.
ޕޮޓޭޓޯ ޗިޕްސް ދަޅުތަކެއްގައި އެތެރެކުރި ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ